މަތިވައް ކައްޓަލަ
މަތިވައް ކައްޓަލަ(ސައިންޓިފިކް ނަން: Dioscorea bulbifera)ނުވަތަ (އިނގިރޭސި ބަހުން: air potato)އަކީ ބިލެތް ކައްޓަލަ ވެޔޮފާޑަށް ހެދޭ ވަށްފަތެއް ހުންނަ ވެލެއްގައި އަޅާ ފަލަމަޑީގެ ބާވަތެކެވެ. މަތިވައް ކައްޓަލަ އެންމެ ވައްތަރުވާނީ އަލުވި އާއެވެ. ދިވެހިބަހުން މަތިވައް މިހެން ވެސް ކިޔައި އުޅެއެވެ. ތަހުލީލު ކުރާ ލެބޯޓަރީ ތަކުގައި ސްޓީރޮއިޑް ހޯރމޯން އުފެއްދުމަށް ބައެއް މާއްދާތައް މިވައްތަރުގެ މަތިވައް ކައްޓަލަ އިން ނަގައެވެ. މަތިވައް ކައްޓަލަ ވެސް ބޭނުންކުރަނީ އަލުވި އަދި ކައްޓަލަ ފަދަ ތަކެތި ބޭނުންކުރާ ގޮތަށެވެ.