ބޭނުންވާ ތަކެތި:
2 ފެޝެން ފުރުޓް
2 ވައް ދޮންކެޔޮ
4 ސައިސަމުސާ ހަކުރު
3 މޭޒުމަތީ ސަމުސާ ވެނީލާ އައިސްކްރީމް
½ ސައިސަމުސާ ވެނީލާ އެސެންސް
1 ޖޯޑު ކިރު
އައިސްކިއުބް
ތައްޔާރު ކުރާނެ ގޮތް:
ދޮންކެޔޮ، އައިސްކްރީމް، ވެނީލާ އެސެންސް، ހަކުރު އަދި ކިރު މިކްސަރަށް އެޅުމަށްފަހު ގިރާލާށެވެ. އޭގެ ތެރެއަށް ފެޝެން ފުރުޓްތަކުގެ އެތެރޭގައި ހުރި ބައި ކަހާލުމަށްފަހު އަޅާލާށެވެ. އެއަށްފަހު، އަނެއްކާވެސް މިކްސަރުން ގިރާލާށެވެ. ދެން،ތައްޓަކަށް އެޅުމަށްފަހު، އޭގެ ތެރެއަށް އައިސްކިއުބްތައް އަޅާލާށެވެ.
ސަރވް ކުރާއިރު، މައްޗަށް ވެނީލާ އައިސްކްރީމް ސަމުސަލެއް އަޅައިލުމަށްފަހު، އޭގެ މައްޗަށް ފެޝެން ފުރުޓް އޮއްކޮޅެއް ވެސް އަޅައިލާށެވެ.